logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދައުރު ނިމޭ އިރު، މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެ: ރައީސް

އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެންމެ ރައްޔިތަކުވެސް ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، މިރޭ ޕީއެންސީ އޮފީހުގައި އޮތް ޖަލްސާއެއްގައެވެ.

މާލޭގައި އެންމެ ބޮޑުވެފައި އޮތ ބޯހިޔާވަހިކަމުގެ މައްސަލަ ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ގުޅިފަޅާއި، ހުޅުމާލެއާއި، ގިރާވަޅުފަޅާއި އަދި ރަސްމާލެ ހިއްކަމުންދާކަމަށާއި، މި 4 ބިން ހިއްކާ ނިންމުމަށްފަހު ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެކަމުގެ ސައްތައިންސައްތަ ޔަޤީންކަން ދެއްވާކަމަށެވެ.

"މިދެންނެވި 4 ބިމުން ގޯތިލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގައި ގެދޮރު ބިނާކުރުމުގެ ފުރުސަތު އެބަ ލިބިގެންދޭ. ނަތީޖާއަކަށް ވާނީ އަޅުގަނޑު 100 ޕަސެންޓް ޔަޤީންކަން އަބަދުވެސް ދޭކަމެއް. ހަމަ ޔަޤީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް އަޅުގަނޑުމެންގެ މި ދައުރުގެ 5 އަހަރު ނިމުމުގެ ކުރީގައި މިދެންނެވި 4 ބިމުން އުފެދޭ ޖާގައާއި އެކީގައި ޖާގައިން އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެންދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތައް ތެދުވެރިކަމާއިއެކު ވައުދުތައް ފުއްދަވާނެކަމަށެވެ. އަދި މާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ