logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
photo: social media

ވިލިމާލޭގައި ކުރާ ފައިބަރު މަސައްކަތް ބަދަލުކުރުމަށް ތިލަފުށިން ބިން ދެނީ

ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް އެ މަސައްކަތް ކުރަން ތިލަފުށިން ވަކި ބިމެއް ކަނޑައަޅައި، ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޕިއެންސީ ކެންޑިޑޭޓް އާޒިމާ ޝުކޫރުގެ ކެމްޕޭނުގައި މިއަދު ވިލިމާލެއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް ކޮށްދިނުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.

އެގޮތުން ފައިބަރު މަސައްކަތްތެރިންނަށް ތިލަފުށިން ސަރަހައްދެއް ކަނޑައަޅައި އެތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރަހައްދު ކަނޑައެޅިފަ އެވަނީ، ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފަ އެ ވަނީ. އެންމެ ގިނަވެގެން ހަ މަސް ތެރޭގަ ތަރުތީބުކުރެވިގެން އިތުރު ފަރާތްތަކަށް ވެސް ޖާގަ ލިބޭގޮތަށް އެ ސަރަހައްދަށް ބަދަލުވެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ވިލިމާލޭ ގައި ފައިބަރު މަސައްކަތް ކުރާތީ ލިބިދާނެ ސިއްހީ ނުރައްކަލަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެއީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގެ ވެސް ކަންބޮޑުވުމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *