logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އޮޑިޓް އޮފީހުގެ ފޭސްބުކް ޕޭޖް ހެކްކޮށްފި

ދައުލަތުގެ އޮޑިޓް އޮފީހުގެ ފޭސްބުކް ޕޭޖް ހެކްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ ފޭސްބުކް ޕޭޖް ހެކްކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މިނިވަންއަށް މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ސީނިއާ އޮފިޝަލަކު ވަނީ މިކަން ޔަގީން ކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވީ މިރޭ އަށެއް ޖަހާކަންހާއިރު، އޮޑިޓް އޮފީހުގެ ފޭސްބުކް ޕޭޖް ހެކްކޮށްފައިވާކަމަށާއި، އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އޮޑިޓް އޮފީހުގެ ފޭސްބުކް ޕޭޖް ހެކްކޮށް ލާފައިން އިން ރީލް އިން ދައްކަނީ އިންޑިއާ ރުފީސް އާ ގުޅުންހުރި ވީޑިއޯއެކެވެ.

މިފަހަކުން ޖުވެނިއަލް ކޯޓްގެ ވެބްސައިޓްވެސް ވަނީ ހެކްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުވެނިއަލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައިވަނީ ޓީމް ނެޓްވަރކް 9 ކިޔާ އަވައްޓެރި އިންޑިއާގެ ހެކަރުންގެ ބައެކެވެ.

އެ ވެބްސައިޓް ހެކްކުރުމަށްފަހު ހެކަރުން ވަނީ އިންޒާރުގެ މެސެޖެއްވެސް ދީފައެވެ.

އެ އިންޒާރުގެ މެސެޖުގައި ލިޔެފައި ވަނީ، ޖުވެނައިލް ކޯޓް ވެބްސައިޓް ހެކްކޮށްފައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިހާރު ހިނގާ ހަމަނުޖެހުމާ ގުޅިގެންކަމަށެވެ. އެ އިންޒާރުގައި ވަނީ އިންޑިއާ އިން ރާއްޖެއަށް ވެފައިވާ އެހީތައް ހަނދާން ނައްތާލައިލުމުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާއި ދެމެދު ނުތަނަވަސްވުންތަކެއް އުފެދިގެން އުޅެނީ ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އެގައުމުގެ ލަކްޝައްދީބް ގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ޕޯސްޓްތަކެއް ކުރެެއްވުމުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެެއް މޯދީއަށް ކުޑައިމީސް ކޮށް، އެ ޕޯސްޓްތަށް ޝެއާކުރުމާ ގުޅިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *