މިހާރު ކުރަމުންދާވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ ، ބަރު އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް، ފެން ހިނދި އާންމު ހާލަތަށް އަންނަންދެން ، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތެއްގައި ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިކަމަށް ފުލުހުން އާންމުކުރި މެސެޖެއްގައި ބުނީ މިފަދަ ކަންކަމުގައި އާންމުންދޭ އެއްބާރުލުން ފާހަގަކުރާކަމަށެވެ.