logo minivan

English

އާދިއްތަ, 19 މެއި 2024
ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު މާލެ ވަޑައިގަތުން...

ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން އާސަންދަ ލިބޭނޭ ގޮތް ހަމަޖައްސަނީ

ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން އާސަންދަ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިހާރު އެއް ދިމާލަކަށް އާސަންދަ ލިބޭގޮތަށް އޮންނަ އުސޫލު ބަދަލުކޮށް ދުބާއީ، އަދި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް އާސަންދަ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން އާސަންދަ މެދުވެރިކޮށް ދިވެހިން ހޯދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިގޮތުން ރާއްޖޭގައި ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްވަންދެން ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ގައުމުތަކުން އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށް ރައީސް ވިދާޅުވިއިރު، މިހާރު ދިވެހިންނަށް އާސަންދަ ލިބެނީ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ބައެއް ހޮސްޕިޓަލުތަކުން އެކަންޏެވެ. މިހާރު ގިނަ ދިވެހިން އާސަންދައިގެ ދަށުން ދަނީ އިންޑިއާއަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖެއިން ބޭރުން މިހާރު އެތެރެކުރަމުންދާ ބޭހުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޔޫރަޕާއި އެމެރިކާ ފަދަ ގައުމުތަކުން ބޭސް އެތެރެކުރާނޭކަމަށް ވިދާޅުވެފައެވެ. މިގޮތުން ކުރިއަށް އޮތްތަނުގައި އާދައިގެ ފެންވަރުގެ ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އާދައިގެ ބޭސްތައް ރާއްޖެ އެތެރެކުރުން ހުއްޓުމަކަށް ގެންނާނޭކަމަށް ރައީސް ވިދާޅުވިއިރު، ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އެއް ގައުމަކީ އަވައްޓެރި އިންޑިއާކަން ފާހަގަކޮށްލެވެއެވެ. ރައީސް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ގުޅުން ވަނީ މިއިން ޒަމާނަކު ގޯސް ނުވާވަރަށް ގޯސްވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *