logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މީޒާ އައްޔަންކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް އެސްޑީއެފްސީން ވަނީ އޭނާއަށް މިއަދު މަރުހަބާ ކިޔައިފައެވެ.

މީޒާ މީގެކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީނިއާ ކްރެޑިޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލްކުރައްވައި، އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން އުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފައެވެ.

އާ ސަރުކާރެއް ފެށުމާއެކު، ސަރުކާރުގެ ކުންފުނިތަކަސް ވެރިން އައްޔަންކުރަމުން އަންނައިރު، އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ.

އެގޮތުން، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކުރީ ސަރުކާރުން އައްޔަނުކުރި، އަހުމަދު ޒީނާދެވެ.

އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ