logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އާބަންކޯގެ ނަން އަނެއްްކާވެސް އެޗްޑީސީއަށް ބަދަލުކޮށްފި

ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރިބްރޭންޑްކޮށް، އެ ކުންފުންޏަށް ކިޔަން ފެށި "އާބަންކޯ" ގެ ނަން އަނެއްކާވެސް އެޗްޑީސީއަށް މިއަދު ބަދަލުކޮށްފިއެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ނަމަކަށް އަލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަލުން ބޭނުންކުރަން ނިންމައި، ނަން އިއުލާނުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ކުންފުނީގެ އިސްވެރިންނެވެ.

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތުގައި ޖަހާފައި ހުރި އާބަންކޯގެ ލޯގޯ ނަގައި، އަލުން އެ ތަނުގައި އެޗްޑީސީގެ ލޯގޯ ރޭ ވަނީ ހަރުކޮށްފައެވެ.

މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގައި ބޭއްވެވި ކެމްޕެއިން ބައްދަލުވުމެއްގައި ވިދާޅުވީ އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށްފައި އޮތީ ނަމެއްގައި ކަމަށާއި ގާނޫނީ ގޮތުން އަބަދުވެސް އެތަން އޮތީ އެޗްޑީސީގެ ނަމުގައި ކަމަށެވެ. އަދި އާބަންކޯ ކިޔަން ގާނޫނީ ގޮތުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރީގެ ސަރުކާރުން ކޮށްފައިނުވާ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ބޮޑަށް ހީވަނީ ކޮންމެވެސް ފަރާތަކަށް ކޮންމެވެސް ބޮޑު ފައިސާގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލާފައި އޮތް ކަމެއްހެން. ގާނޫނީ އެއްވެސް ކަމެއް ކޮށްފައެއް ނެތް." ރައީސް އެ ދުވަހު ވިދާޅުވިއެވެ.

"އާބަންކޯ" އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެ ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް ވަނީ 1.2 މިލިއަން ރުފިޔާ ހޭދަވެފައެވެ.

އެޗްޑީސީ އަކީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުގެ ވަކި ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި ތަނެކެވެ. އޭގެ ފަހުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އެތަން ވަނީ 2009 ވަނަ އަހަރު ހައުސިން ޑިވެޕްލޮޕްމަންޓް ކޯޕަރޭޝަން އަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ