logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ: ލީޑަރޝިޕް ޕްރޮގްރާމާމެދު ކުރައްވާ އުންމީދު ބޮޑު

ސްޓެލްކޯ އަށް ރައްޔިތުން ކޮށްފަހުރި ހުރިހާ ބޮޑެތި ޝަކުވާތަަކަށް އެޑްރެސްކޮށް ނިމިއްޖެ: ފަހުމީ

ސްޓެލްކޯ އަށް މިހާތަނަށް ރައްޔިތުން ކޮށްފަހުރި ހުރިހާ ބޮޑެތި ޝަކުވާތަކަށް އެޑްރެެސްކޮށް ނިމިފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވެއްޖެ އެވެ.

އިއްޔެ، ފިއުލް ޕަންޕުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހު ފަހުވީ ، ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ސްޓެލްކޯއިން ވަރަށްގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސްޓެލްކޯއިން ވަރަށް ގިނަ ކަންކަން ގެންދަނީ ކުރަމުން. ރައްޔިތުންނަށް ތަކުލީފަކަށްވެފައި ހުރި ކަންކަމުގެ ތެރެއިން އަޅުގަނޑުމެންނަށް، ސްޓެލްކޯއަށް ލިބިފައިވާ ބޮޑެތި ޝަކުވާތަކަށް އެޑްރެސްކޮށް މި ނިމުނީ"

އިއްޔެ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް އެ ތަނުން ނަގައި، އެ ދިމާލުން ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އާ ފިއުލް ޕަމްޕު ސްޓޭޝަނެއް ހެދުމަށް ސްޓެލްކޯއިން ވަނީ އެމްޓިސީސީއާ ހަވަލުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *