logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އައިޑީކާޑުގެ މައުލޫމާތު ބަދަލުވެފައިވާނަމަ، އާދީއްތަދުވަހުގެ ކުރިން ހުށަހަޅަން އެދިއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓުލުމަށްޓަކައި،  18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެެވެ. މިލިސްޓް ފައިނަލް ކުރުމަށްފަހު އައިޑީ ކާޑުގައިވާ މައުލޫމާތު ބަދަލުވެއްޖެނަމަ އެ މީހަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ އެވެ.

މިއަދު ޑީއެންއާރް އިން ކޮށްފައިވާ އިއުލާނެއްގައިވަނީ 18 އަހަރުން މަތީ މީހުންގެ އައިޑީކަޑުގައި މައުލޫމާތު ބަދަލުވެފައިވާނަމަ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން އައިޑީ ކާޑު ހެދުމަށް ހުށަހެޅުމަށެވެ.  ޑީއެންއާރް އިން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ މީހުންނަށް މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައި ދެވޭނީ، އެ މީހުންނަށް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވެވުނު ނަމަވެސް އެ މީހުންގެ އިއުތިރާޒެއް ނެތް ކަމަށްވާނަމަ ކަމަށެވެ.
ޑީއެންއާރް އިން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކުރިއެކޭވެސް އެއްގޮތަށް 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *