logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރައީސްގެ އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުތާޒް އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން އައްުޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން އައި އެކަން ހާމަނުކުރެެއްވި ނަމަވެސް، މުހުތާޒް އެ މަގާމަށް އައްޔަނުކުރެއްވިކަން މިނިވަން ނޫހަށް ވަނީ ޔަގީންވެފައެވެ.

ނިމިގެން ދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި މުހުތާޒް ނަވީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހުތާޒް ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވާފައެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރެއްވިއެވެ.

މުހުތާޒު، ޕީޖީގެ މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި ނޮވެމްބަރު 11، 2015 ގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *