logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް، ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާދިން މައްސަލައިގަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެ ދެމީހުނާ ގުޅޭ އިތުރު އެހެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ޕީޖީއަށް ހަމަލާދިން މީހުން އެކަން ކޮށްފައިވަނީ ކާކުކަން ނޭނގޭނޭހެން މޫނު ފޮރުވައިގެން ކަމަށެވެ.

ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ދަރިފުޅު ސްކޫލަށް ލާފައި އެނބުރި ގެއަށް ވަޑައިގެންނެވި ވަގުތު ގޭ ކައިރިންނެވެ. ހަމަލާ ދީފައިވަނީ މަރުތޭލައެއް ބޭނުން ކޮށްގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ހާދިސާގައި ޕީޖީ ޝަމީމުގެ އެއް އަތް ޒަހަމްވެފައިވާއިރު، ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.

ފުލުހުން މިހާރު ވަނީ ޕީޖީ ޝަމީމުގެ ސެކިއުރެޓީ އިތުރަށް ވަރުގަދަކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *