logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ދިގުރަށު ސްކޫލު ކުރީގެ ޕްރިންސިޕަލާ ހަވާލުކުރުމުން ބެލެނިވެރިން އިހުތިޖާޖު ކުރަނީ

އދ. ދިގުރަށު ސްކޫލް ހިންގުން ކުރީގެ ޕްރިންސިޕަލާ ހަވާލު ކުރުމުން އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ ކުރީގެ ޕްރިންސިޕަލާ ސްކޫލު ހިންގުން ހަވާލުކުރީ "ސިޔާސީ މަގުސަދެއްގައި" ކަމަށް ތުހުމަތުކޮށްކަމަށް ކަމަށް އެރަށުން ބުންޏެވެ.

އެނގިފައިވާގޮތުގައި އެ ޕްރިންސިޕްލް ބަދަލުކުރުމަށް އެރަށު ގިނަ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަނާއި ގުޅިގެން ޕްރިންސިޕަލް ބަދަލުކޮސްފައިވަނިކޮށް، އަލުން އެ ޕްރިންސިޕްލް އަށް މަގާމު ހަވާލުކުރީ، ސިޔާސީ ފަރާތެއްގެ ނުފޫޒުންކަމަށް އެރަށު މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

ސްކޫލް ދޮށުގައި އިހުތިޖާޖު ކުރަމުންދާ ބެލެނިވެރިން ގޮވަމުން ދަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ ސިޔާސީ މަގާމެއް ނޫން ކަމަށާއި ސިޔާސީ ބޭނުމަށް ދަރިވަރުންގެ މުސްތަގުބަލު ފުނޑާ ނުލުމަށެވެ.

އެނގިފައިވާގޮތުގައި ސްކޫލުގެ ގޭޓު ހުރީ ތަޅުލާފައެވެ. އަދި ބެލެނިވެރިން މުޒާހަރާކުރަމުން ދަނީ ސުކޫލުން ބޭރުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *