logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މަޖިލިސް އިންތިހާބުގައި ރައީސް ޔާމީނަށް ވަފާތެރި އަދި އެމަނިކުފާނު ތާއީދު ކުރައްވާ 36 ކެންޑިޑޭޓަކު ޕީއެންސީ ޓިކެޓްގައި ވާދަކުރާނެ: މަލީހު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީޕީއެމް، ޕީއެންސީ އިން ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރޭގައި މިހާރުވެސް ރައީސް ޔާމީނަށް ވަފާތެރި 36 ކެންޑިޑޭޓުން ވާދަ ކުރައްވާނެކަމަށް ރައީސް ޔާމީންގެ ޕާޓީ ޕީއެން އެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ކުރީގެ ޕީޕީއެމް އޮފީހުގައި ބާއްވަމުންގެންދާ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައްޔިތުންނަށް ހާއްސަކޮށް ރައީސް ޔާމީނަށް ސަޕޯޓް ކުރައްވާ ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާ ބައއެއްކަހަލަ ތަފާސް ހިސާބު އެބަހުރި ކަމަށާ އެގޮތުން ޖުމްލަ 83 ކެނޑިޑޭޓަކަށް ރައީސް ޔާމީން ތާއީދުކުރައްވާނެ ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ 36 ކެންޑިޑޭޓަކު ހިމެނޭ ކަމަށާ އޭގެ އިތުރުން މިހާރު އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޕީއެންއެފްގެ ފަރާތުން (އަމިއްލަގޮތުން) 47 ކެންޑީޑޭޓަކު ވާދަ ކުރައްވާނެކަމށެވެ.

"މިއަދު އަޅުގަނޑުމެންގެ 28 ބޭފުޅަކު ފޯމް އެ ހުށައެޅުއްވީ، މާދަމާ އިތުރު 19 ބޭފުޅަކު ފޯމް ހުށައަޅުއްވާނެ، އަދި މީގެ އިތުރުން ޕީއެންސީ ޓިކެޓްގައި ރައީސް ޔާމީންގެ ތާއީދާއެކު އެމަނިކުފާނަށް ވަފާތެރި 36 ކެންޑިޑޭޓަކު އެބަ ވާދަ ކުރޭ، އެހެން ވީމާ ޖުމްލަ 83 ކެންޑިޑޭތުން ތިއްބަވާނެ" މަލީހު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި މަލީހުގެ އިތުރުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވެސް އެކަން ފާހަގަ ކުރެއްވިއެވެ. އަދި ޔާމީން ވިދާޅުވީ ގިނަ ރައްރަށުގައި ޕީއެންސީ އަށްވުރެ ޕީޕީއެމްގެ މެންބަރުން އަދި ވެސް ގިނަ ވާނެ ކަމަށާ އެބޭފުޅުން ރައީސް ޔާމީނަށް ވަފާތެރިވާނެކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *