logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު، ޗެލެންޖު އޮތީ މާލީ ހާލަތުގަ: ފައްޔާޒް

ރާއްޖޭގެ އިގުތިސާތީ ހާލަތު ރަނގަޅު ކަމަށާއި އަބަދުވެސް ޗެލެނެޖު އޮތީ މާލީ ހާލަތުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާ ޕާސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވައެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ރާއްޖެއިން މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އަންނަނީ ކުރިން ލަފާކުރިވަރަށްވުރެ ބާރަށް ރަނގަޅުވަމުންކަމަށެވެ. އަދި  ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުން އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖޭގެ އިގްތިސާދު ވައްޓާ ނުލެވުމުންކަމަށާއި  އެއީ ސިޔާސީގޮތުން މާޔޫސްވެގެން ބަޔަކު ކުރާކަމެއްކަމަށް ވެސް އިކޮނިމިކް މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވިއެވެ.

މިނިސްޓަރުގެ ޕޯސްޓް ޝެއާކުރައްވާ ފައްޔާޒް ވިދާޅުވީ، ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ހައްލުކުރެވެންވާނެކަމަށެވެ. އަދި އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ ކަމަށާއި ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެއްނަމަ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އައިއެމްއެފް ޕްރޮގްރާމެއްގެ ތެރެއިން އެހީ ހޯދަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަތަކެއް ފެތުރިފައެވެ. ނަމަަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ