logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރައީސް ދިގު ދަތުރުފުޅެއްގައި މިއަދު އައްޑޫ އަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ހަރަތުދުވަހު ދިގު ދަތުރުފުޅެކެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ ތެރެއިން މިރޭ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މިއަދު އައްޑުއަށް ވަޑައިގަންނަވާ އިރު، މިމަހު ވަނީ ތ.އަތޮޅަށް ވެސް ވަޑައިގެންފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *