މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭއިރު، ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާއެއް ހިމެނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ. މަދަހަ މުބާރާތުގައި ވެސް ބަލަނީ ހަމަ އެ އުމުރުފުރާތަކަށެވެ.
މާލެ ކައުންސިލުން ބުނި ގޮތުގައި ދެ މުބާރާތުގައި ވެސް 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމާއި މަދަހަ ކިޔުމަށް އިންސާފެއް ނުކުރާނެއެވެ. ނަމަވެސް ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ފަސް ދަރިވަރުން ހޮވައި، ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާނެއެވެ.
އަގުހުރި އިނާމުތަކަކާއިއެކު މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
- ގުރުއާން މުބާރާތުގެ އުމުރުފުރާއަށް ކަނޑައަޅާފައިވާ އިނާމު:
1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 8000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 6000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓް އަދި 4000ރ.
-
މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 25،000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 15،000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.
-
މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:
1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 3000ރ.
-
މުޅި މުބާރާތުން ވަނަވަނަ އަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
1 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 10،000ރ.
2 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 7000ރ.
3 ވަނަ: ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 5000ރ.
މި ދެ މުބާރާތުގައި ބައިވެރިވުމަށް https://quranmadhaha.malecity.gov.mv/ ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.