logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕްރެމިއަރ ލީގު: ޗެލްސީއަށް ޕޮއިންޓެއް ލިބުނު އިރު ލިވަރޕޫލް ސަލާމަތްވީ ފަހު ސިކުންތު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑާ އެއްވަރުވި އިރު، ފަހު ސިކުންތުގައި ގޯލު ޖަހައިގެން ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ލިވަޕޫލުން ރަށުން ބޭރުގައި 1-0 އިން ފޮރެސްޓް ބަލިކުރި އިރު، ޗެލްސީ ބްރެންޓްފޯޑު ކައިރީ ރަށުން ބޭރުގައި އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މި ސީޒަންގެ ޕްރެމިއާ ލީގް ހޯދުމަށް ބޮޑު އުންމީދެއް ކުރަމުންދާ ލިވަރޕޫލަށް ރޭގެ މެޗަކީ ލިބުނު ވަރަށް ބޮޑު ހިންހަމަ ޖެހުމެކެވެ. ލިވަޕޫލުން ފަހުވަގުތު ގޯލު ޖަހައިގެން މުހިއްމު ޕޮއިންޓެއް ހޯދީ މެޗުގެ އިތުރު ވަގުތަށް ދެއްކި އަށް މިނެޓްގެ ކުޅުންވެސް ހަމަވިފަހުން ކާމިޔާބު ކުރި ގޯލަކާ އެކުގައެވެ. ރޭ ލިވަޕޫލުން ޖެހި ގޯލާއެކު އެޓީމު އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ، 26 މެޗުން 59 ވަނައިގައި އޮތް އިރު، އާސެނަލް ތިންވަނައިގައި އޮތީ 26 މެޗުން 58 ޕޮއިންޓާއެކުގައެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައިވެސް އެޓީމަށް ގޯލު ޖެހުމުގެ މައްސަލަތައް ދިމާވެފައިވާ އިރު، ފުރަތަމަ ހާފުގައި ލީޑު ނެގީ ނިކޮލަސް ޖެކްސަންއެވެ. އޭނާގެ ގޯލުން ޗެލްސީ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފެށިތަނުން ބްރެންޓްފޯޑުގެ މޭޑްސް ރޮއިސްލޭވް ވަނީ ގޯލު ޖަހައިފައެވެ.

އޭގެފަހުން ޔޯނޭ ވީސާ ޖެހި ގޯލުން ބްރެންޓް ފޯޑު ލީޑު ނެގި ނަމަވެސް، މެޗު ނިމެން ދަނިކޮށް އެކްސެލް ޑިސާސީ ވަނީ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ޗެލްސީއަށް ރޭ ލިބުނު ޕޮއިންޓާއެކު އެޓީމު މިވަގުތު ލީގު ތާވަލުގެ 11 ވަނައިގައި އޮތީ 26 މެޗުން 36 ޕޮއިންޓާއެކުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *