ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާއި ހިލާފަށް ވަދެ އުޅުނު ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ އެއީ މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ މަސް ބޯޓެއްކަމަށެވެ. ނަމަވެސް ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ހިފަހައްޓަ އެވެ. މިގޮތަށް އެންމެ ގިނައިން ހިފަހައްޓާފައިވަނީ ލަންކާ އާއި އިންޑިއާގެ ބޯޓު ތަކެވެ. އޭގެ ތެރެއިން ގިނަ ބޯޓްތަކާއި މީހުން އަނބުރާ އެ ގައުމުތަކަށް ފޮނުވާލައެވެ.