logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރަށު ޕިކަޕުން ނަގާ ފީ އުވާލަނީ

ރަށު ޕިކަޕުން ނަގަމުން އަންނަ ފީ، އަންނަމަހުން ފެށިގެން އުވާލާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ އަތޮޅުތަކުގެ ތެރެއިން ރ.އަތޮޅު ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރަށު ޕިކަޕުން ނަގަމުން އަންނަފީ އާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށެވެ.

ރަށު ޕިކަޕުގެ ގޮތުގައި އަތޮޅުގެ ރަށްތަކުގައި ދުއްވަމުންދާ ޕިކަޕްތަކަކީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އަދި ތިމާވެއްޓާ ރައްޓެހި، އުޅަނދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އުޅަނދު ތަކުން ދައްކާ ފީ ކަނޑާލަދިނުމަށް ގިނަ ކައުންސިލްތަކަކުން އެދިފައިވާ ކަމަށެވެ. ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަކީ ސަރުކާރުން ބާރުއަޅާ ކަމެއްކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރަށު ޕިކަޕުން ދައުލަތައް އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ 1800 ރުފިޔާ އަންނަމަހުން ފެށިގެން އުވާލުމަށް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުން އެދޭ ގޮތް ބައްލަވައި، އެ ރަށްޔިތުންނަށް ބޭނުންވާ ކަންކަންކަން އެ އޮންނަ އުސޫލުގެ މަތިން ކޮށްދެއްވަމުން ގެންދަވާނޭކަމަށެވެ.

ރަށު ޕިކަޕަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ބޭނުންކުރަމުން އަންނަ އުޅަނދެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *