logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އައްޑޫއަށް ވަޑައިގެންފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އައްޑޫސީޓީއަށް ވަޑައިގެންފިއެވެ.

ޝާހިދު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށެވެ.

އެގޮތުން، އެމަނިކުފާނު އައްޑޫއަށް ވަޑައިގެންފައިމިވަނީ ފުވައްމުލަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފޯރިއާއެކު އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު، ޝާހިދުގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އަންނަނީ މަޖިލިސް ކެމްޕޭނަށް އެކި ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ