logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ހުޅުމާލެ ފޭސް2

ފޭސް 2 ގެ ވަގުތީ މާރުކޭޓުގެ ގޮޅިތަށް ހިލޭ ދޫކުރަނީ

ހުޅުމާލެ ފޭސް 2ގެ ވަގުތީ ލޯކަލް މާރުކޭޓުން ހިލޭ ގޮޅި ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ފޭސް 2ގެ ވަގުތީ ލޯކަލް މާރުކޭޓުން ކުއްޔަށް ގޮޅި ދޫކުރުމަށް ހުޅުވާލީ މިދިޔަމަހުގެ 28ވަނަ ދުވަހުއެވެ. އަދި އެ އިއުލާންގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން ގޮޅިތައް ހޯދަން ފޯމް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މާރުކޭޓުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ފޫޓުގެ 16 ގޮޅިއެވެ.

މިގޮޅިތައް ދޫކުރަނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެމީހަކީ ހުޅުމާލޭގައި ރަޖިސްޓަރީވެފައިވާމީހަކަށް ވެސް ވާން ޖެހެއެވެ.

ވަގުތީ މާރުކޭޓުން ގޮޅިތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30އިން 11:00އަށް ހުޅުމާލެ ޣާޒީ ސުކޫލް ހޯލުގައެވެ. އަދި އެދުވަހުގެ 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު، ގޮޅިތައް ދޫކުރުމަށް ގުރުނެގުން އޮންނާނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *