ކައުންސިލްތަކުގެ އިދާރީ މުއައްޒަފުންގެ މުސާރަ ބޮޑުކުރަން ބަލާއިރު، އެކަން ކުރެވެން ނެތީ، ކަމާއި ބެހޭ ގާނޫނުން އެކަން ކުރުމަށް ތަން ނުދޭނީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އާއްމު ފަރާތްތެއްކަމަށްވާ މ.ނާލާފުށީ، މަތަރެސްމާގޭ، މޫސާ ޞާބިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު އަރިހު، ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކައުންސިލްތައް ގިންތި ކޮށްފައި އޮންނަ ގޮތުން މުއައްޒަފުންގެ މުސާރަ ބޮޑުކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހައްދަވާފައިވާ ކަމާގުޅުންހުރި ގާނޫނަށް ބަލާއިރު ކައުންސިލްތައް ގިންތިކޮށްފައިވަނީ އެންމެ ދަށްފަންތީގައި ކަމަށެވެ. މައިގަނޑު މައްސަލައަކީ އެއީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން، ނުވަތަ ފިނޭންސް މިނިސްޓްރީން ކައުންސިލްތަކުގެ އިދާރީ މުއައްޒަފުންގެ މުސާރަތައް ބޮޑުކުރަން ބޭނުންވިއަސް ގިންތި ކޮށްފައި އޮންނަގޮތުން އެކަން ކުރެވެން ނެތްކަމަށެވެ.
"ޖުމްކޮށް ހަމަ ހުރިހާ މުއައްޒަފުންގެ މުސާރަތައް ބޮޑުކުރުމަކީ އަޅޫގަނޑު ބޭނުންވާގޮތުން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެން ދާވަރަކުން އިގްތިސާދު ހަރުދަނާކޮށް ވަރުގަދަކުރެވޭ ވަރަކުން މުސާރަތައް ބޮޑުކުރެވޭނީ" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
11 މާރިޗް 2024މ.ނާލާފުށީ، މަތަރެސްމާގޭ، މޫސާ ޞާބިރު، ސިވިލް ސާވިސްގައި ޚިދުމަތްކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއިމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/d4Cffhpe2s
— Government of Maldives (@governmentmv) March 11, 2024
ރައީސް ވިދާޅުވީ ކައުންސިލް މުއައްޒަފުންގެ މުސާރަ ބޮޑުނުކުރެވި އޮތް މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް މިހާރުވެސް ހައްލެއް ގެނެވޭނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.
ކައުންސިލް މުއައްޒަފުންގެ މުސާރައާ ގުޅޭގޮތުން ރައީސް ވާހަކަދައްކަވާފައިވާއިރު، ފުލުހުންނާއި ސިފައިންގެ މުސާރަ މިމަހުން ފެށިގެން ބޮޑުކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ނިންމައި، އެ އިދާރާތަކަށް ޕޭ ކޮމިޝަނުން ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ