logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހިތަދޫގައި ޓޫރިޒަމް ޒޯންއެއް ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި

އައްޑޫ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އީދިގަލި ޓޫރިޒަމް ޒޯންގައި ސިޓީ ހޮޓަލެއް ހިމެނޭ ގޮތަށް އެ ތަނުގައި އިތުރު ޓޫރިޒަމް ފެސިލިޓީތައް ވެސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 26 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ކައުންސިލުން ބުނީ ހިތަދޫ އީދިގަލި ޓޫރިޒަމް ތަރައްގީކުރަން ޝައުގުވެރުވާ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށް ބިޑް ޑޮކިއުމަންޓް ވިއްކާނެ ކަމަށެވެ. ދިވެހިންނަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 10،000ރ. އަށެވެ. އަދި ބިދޭސީ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކާނީ 700 ޑޮލަރަށެވެ. ބިޑް ފޯމް އެ ކައުސިލްގެ ވެބަސައިޓުން ލިބޭނެކަމަށް އެކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އީދިގަލި ޓޫރިޒަމް ޒޯނުން50 އަހަރުގެ މުއްދަތަށް  21,007.39 އަކަފޫޓް ދޫކުރާނެ ކަމަށެވެ.

އީދިގަލި ޓޫރިޒަމް ޒޯނަކީ އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ކަނޑައެޅި ފަސް ޓޫރިޒަމް ޒޯންގެ ތެރެއިން އެއް ޒޯނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *