logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޕޭމަންޓްމަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރި ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅައިފި

ދުވާރުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް މާލެސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަދު އެކަނިވެެސް ހަތަރު ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ، ޕޭމަންޓްމަތީގައި މުދާ ބަހައްޓައިގެން ގަވައިދާ ހިލާފަށް އަދި އާއްމުންނަށް އުނދަގޫވާގޮތަށް ވިޔަފާރިކުރަމުންދިޔަ ހަތަރު ފަރާތެއް ހުއްޓުވައި އެފަރާތްތައް ޖޫރިމަނާކޮށްފައިވާކަމަށެވެ.

މާލެސިޓީ ކައުންސިލުގެ ޓީމުން މިއަދު ވަނީ ބޮޑުތަކުރުފާނު މަގު ބާޒާރު ސަރަޙައްދު ޒައިތުންމާ ކުރިމަތީ ޕޭވްމެންޓް މަތީ މުދާ އަތުރައިގެން ކުރަމުންދިޔަ ވިޔަފާރި ހުއްޓުވައި އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އެއްޗެހިތައް ނަގާފައެވެ. ބާޒާރުމަތީ އެ ސަރަހައްދަކީ ދުވާރުމަތީގައި އެއްޗެހި ބަހައްޓައިގެން ވިޔަފާރިކުރުމަކީ އާއްމުކަމެކެވެ.

މީގެ އިތުރުން ބާޒާރުމަތީ ފިހާރަތަކުންވެސް ދުވާރުމައްޗަށް މުދާ ނެރެގެން ވިއްކުމަކީ ވަރަށް އާއްމު ކަމެކެވެ.

މާލޭ މަގުމަތި އަދި ދުވާރުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރުމަކީ މާލެސިޓީ ކައުންސިލުން މަނާކޮށްފައި އޮންނަ ކަމެކެވެ. މާލެސިޓީއަކީ ސާފުތާހިރު ވެއްޓަކަށް ހެދުމަށް މާޔަރު އާދަމް އާޒިމް ވަނީ ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އާއްމު ތަންތަނަށް އުކާލާފައިހުރި ކުނިތައް ނެގުމާއި، މާލޭގެ އެކި ސަރަހައްދުތަކުގެ ފަޅުތެރެއަށް އަޅާފައި ހުންނަ ކުނިތައް ނަގައި ސާފްކުރުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *