logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އިއްޔެ އާއި ރޭވެސް މާލެއިން ޖުމްލަ 39.6 ޓަނުގެ ކުނި ނަގައިފި

މާލެސިޓީގެ މަގުތަކުން އިއްޔެ އާއި ރޭ ހިމެނޭހެން ޖުމްލަ 39.6 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފްކޮށް، ގޭތެރޭގައި ހުރި ބައު އެއްޗެހި އުކާލުމުގެ ތެރެއިން މާލެސިޓީގެ އެކި ދިމާލަށް ކުނިތައް ނެރެފައިހުރުމުގެ މައްސަލައަކީ މިހާރު އެންމެ ބޮޑު މައްސަލައެވެ.

މަގުތަކުގައި ހުރި ކުނިތައްގިނަވެ އާއްމުންނަށާއި މަގުތަކުން އެއްޗެހި ދުއްވާ މީހުންނަށް އެކަމުގެ އުނދަގުލާ ކުރިމަތިވެފައިވާއިރު، މާލެސިޓީ ކައުންސިލުން ގެންދަނީ މަގުތަކަށް ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މާލެސިޓީ ކައުންސިލުން ބުނީ އިއްޔެ އާއި ރޭވެސް ގިނަ އަދަދެއްގެ ކުނި ނަގައި އުކާލާފައިވާކަމަށެވެ. މިގޮތުން 4 ޓަނުގެ 2 ޕިކަޕު، 2 ޓަނުގެ 7 ޕިކަޕު، 1.5 ޓަނުގެ 8 ޕިކަޕު، އަދި 350 ކިލޯގެ 16 ޕިކަޕުގެ ކުންޏާއެކު ޖުމްލަ 39.6 ޓަނުގެ ކުނި މާލެ ސިޓީގެ އެކި މަގުތަކުން ނަގާފައިވާކަަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ.

ގަވައިދާ ހިލާފަށް މާލެސިޓީގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދު ތަކަށް އަޅާ ކުނި އިތުރުވަމުންދާއިރު، މީގެ އެއް ސަބަބެއްކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ޕިކަޕްތަކުން ކުނި އުކާލަދޭ އަގުވެސް ބޮޑުވުމުން ކަމަށެވެ. އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އާޒިމް ވިދާޅުވެފައިވަނީ މަގުތަކަށް ކުނިއެޅުމުގެ މައްސަލަ ބޮޑުވެފައިވަނީ ވެމްކޯއިން ކުނި އުކާލަދޭ އަގު ބޮޑުވެގެން ނޫންކަމަށެވެ. މިގޮތުން ކުޑަ ޕިކަޕަކުންވެސް 50 ރުފިޔާ ކުނި އުކާލަދޭކަމަށް ބުނެ، 1500 ރުފިޔާއަށް ކުނި އުކައިދިނުމަކީ މީގެ އެއް ސަބަބުކަމަށް އާޒިމް ފާހަގަކުރިއެވެ.

މަގުތަކަށް ކުނިއަޅަމުންދާ މައްސަލަ ހައްލުނުވާތީ، މިހާރު ވަނީ ސީސީސޓީވީ ކެމެރާގެ އެހީގައި މަގުތަކަށް ކުނިއަޅާ މީހުން ދެެނެގަނެ، އެމީހުން ލައްވައި ކުނިތައް ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ،

މާލޭގެ މަގުތަކަށް އަޅަމުންދާ ކުނިތައް ނެގުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި 300 އަށްވުރެ ގިނަ ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *