logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހިޔާ ޓަވަރުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ: ރައީސް

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އަންނަ އޭޕްރިލްމަހުގެ ތެރޭގައި ފެށިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ސުވާލު ކުރެވޭގޮތަށް ކުރިއަށްގެންދާ 'ރައީސްގެ ޖަވާބު' މިފަހަރު ޕްރޮގްރާމުގައި ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ސުވާލު ކުރީ ހިޔާޓަވަރުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިމޭނެ ދުވަހަކާމެދުގައެވެ.

ޙަލީމާ ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހިޔާގައި އިތުރު ލިފްޓް ލުމަކީ އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، ވިދާޅުވި ބީދައިން އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ޓަވަރުތަކުގައި ލިފްޓްތައް ހަރުކުރުމަށް ބަޔަކާއި އެގްރީމެންޓް ހެދި މިހާރު ކުރިއަށްދަނީ މަސައްކަތުގެ ޑީޓެއިލް ޑިޒައިން ހެދުމުގެ މަސައްކަތް ކަމަށެވެ.

ކުރިއަށްމިއޮތް އެޕްރީލްމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެފަރާތުން އަމަލީ މަސައްކަތަށް ހިޔާ ފްލެޓް ސަރަހައްދު މޮބަލައިޒް ކުރާނޭކަމަށް އެފަރާތުން މައުލޫމާތު ދީފައިވަނީ. އަޅުގަނޑު އަދިވެސް އިތުރަށް ބާރު އަޅާނަން އަމަލީ މަސައްކަތަށްދާން. ޑިޒައިން މަސައްކަތް މިހާރު އެ ނިމެނީ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް އަވަސްކުރުމަށް އެފަރާތަށް ވަރަށް އަވަހަށް އެޑްވާންސް ޕޭމަންޓް ހަވާލުކުރާނޭ ކަމަށާއި، އެގްރީމެންޓްގައި އޮންނަގޮތުން ޕޭމަންޓް ދޭތާ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނޭކަމަށެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމްކުރުމަށް އެޗް.ޑީ.ސީން މަސައްކަތް ހަވާލުކޮށްފައިވަނީ، ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ.

މި އެއްބަސްވުމުގެ ދަށުން އިތުރު 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *