logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ޗައިނާގައި ބާއްވާ އެންމެބޮޑު ވިޔަފާރީގެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

ޗައިނާގައި ބާއްވާ އެންމެބޮޑު ވިޔަފާރީގެ ފެއާ، "ކެންޓޮން ފެއާ" ގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ، 135 ވަނަ ޗައިނާ  އިމްޕޯރޓް އެންޑް އެކްސްޕޯރޓް ފެއަރ (ކެންޓޮން ފެއަރ) ގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފެއާ އިންތިޒާމްކުރާ ފަރާތުން އަންގާފައިވާކަމަށެވެ.

މިފެއަރ އަކީ ޗައިނާ ގައި ބާއްވާ އެންމެބޮޑު ފެއާ ކަމަށްވާއިރު، މިފެއަރ އިން ގިނަބާވަތްތަކުގެ ފެންވަރު ރަނގަޅު މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ބައްލަވައިގަތުމާއެކު، އެކި ދާއިރާތަކުން ވިޔަފާރިތައް ކުރާފަރާތްތަކާއެކު ބިޒްނަސް މެޗް މޭކިންގ ހެދުމުގެ ފުރުޞަތު ވަރަށްބޮޑަށް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފެއަރގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އޮންލައިންކޮށް މިހާރު ރަޖިސްޓްރީ ވެވޭނެއެވެ.

ޗައިނާއަކީ މިހާރު ދުނިޔޭގެ ނިސްބަތުންވެސް އެންމެބޮޑު އެއް އިމްޕޯޓް އެކްސްޕޯޓް މާކެޓެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރާ އެއް ގައުމެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެކަނިވެސް ޗައިނާއިން ރާއްޖެއަށް 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *