logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ އަދަބު ލުއިކުރުން ބަލައެއް ނުގަނެވޭ: ރައީސް

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ނުވަތަ އެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއިދިނުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް ލުއިދީ، ނުވަތަ މައާފުދިނުމަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ދަންނަވަމުން ގެންދާ ކަމަށެވެ.

އަދި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް މިއަދު މިހެން ވިދާޅުވި އިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ބައެެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ކޯޓުން ލުއިދީ، އަދި ކުޑަކުދިންގެ ބަރަހނާ ފޮޓޯ ޑައުންލީޑުކުރި މީހަކާއެކު އެއްބަސްވުމެއް ހަދާފައިވާތީ ގިނަ ބަޔަކު އެކަމާ ދަނީ ފާޑުކިޔާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *