logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އަލަށް ގެދޮރު އަޅަން ޚާއްސަ ލުއި ލޯނެއް ދޫކުރަން ފަށަނީ

އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައިސް ވިދާޅުވީ އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައި އެވަނީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަންކަން ނިންމައިލައިގެން، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަމާބެހޭ މިނިސްޓްރީން ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސިލަކާ އެކީގައި ދާދި އަވަހަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލޯން ސްކީމު ހުޅުވާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ލޯނުތައް ލަސްވި ނަމަވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *