logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފަހުދިހައެއް ބަންދުވިނަމަވެސް، ހާއްސަ ހާލަތްތަކުގައި އައިޑީކާޑު ހެއްދޭނެ: ޑީއެންއާރު

ރަމަޟާންމަހު ފަހު ދިހައެއް، ސަރުކާރު ބަންދުވިނަމަވެސް ހާއްސަ ހާލަތްތަކުގައި އައިޑީކާޑު ހެއްދޭނޭކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޑީއެންއާރުން ބުނީ، ކުރިއަށް މިއޮތް ދުވަސްތަކުގައި ސަރުކާރު ބަންދުވިނަމަވެސް، އެމަޖެންސީ ހާލަތްތަކުގައި އައިޑީކާޑު ހައްދައިދިނުމުގެ ހިދުމަތް އެ ޑިޕާޓްމަންޓުން ލިބޭނޭ ކަމަށެވެ.

މިގޮތުން އެމަޖެންސީ ހާލަތުގައި އައިޑީކާޑް ހަދަން ބޭނުންނަމަ 7280368 އަށް ގުޅައިގެން ހިދުމަތް ހޯދުމަށް ޑީއެންއާރުން ވަނީ އެދިފައެވެ. ރޯދަމަހު ފަހު ދިހައެއްގައި ތިން ދުވަހު އައިޑީކާޑް ދޫކުރުމަށް ނިންމާފައިވާއިރު، މިފަހަރުގެ ރަމަޟާންމަހު އައިޑީކާޑު ޔުނިޓުން ހިދުމަތް ދެމުން އައިސްފައިވަނީ ހެނދުނު 09:30 އިން ފެށިގެން 11:30 އަށެވެ.

ޑީއެންއާރުން އޮންލައިނުކޮށް އައިޑީކާޑު ހިދުމަތަށް އެދުމުގެ މަގު ފަހިކޮށްދީފައިވާއިރު، މި ހިދުމަތް ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް އައިޑީކާޑު ހިދުމަތަށް އެދެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *