logo minivan

English

ބުދަ, 22 މެއި 2024
މިސްކިތަކުން ފަންކާއެއް ވަގަށް ނަގަނިކޮށް، ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް---

މިސްކިތްތަކުން ވައްކަންކުރުން އިންތިހާއަށް އިތުރުވެއްޖެ

މާލެސިޓީގެ މިސްކިތްތަކުން ވައްކަންކުރުން ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް މާލެސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެސިޓީ ކައުްނސިލުން ބުނީ ހާއްސަ ގޮތެއްގައި މާލޭގެ މިސްކިތްތަކުން މިދުވަސްވަރު ވައްކަންކުރުން ވަރަށްބޮޑަށް އިތުރުވެފައިވާއިރު، ތިން ރޭ މަތިން ތަޤްވާ މިސްކިތުން 7 ފަންކާ ވަގަށް ގެންގޮސްފައިވާކަމަށެވެ.

މިސްކިތްތަކުން ވައްކަންކުރާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް މާލެސިޓީ ކައުންސިލުން ބުންޏެވެ. މި މައްސަލާގައި ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުށުގެ ވެއްޓަށްގޮސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައި، މިކަން ތަހުގީގުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން ހާއްސަ ގޮތެއްގައި ފާހަގަކުރެވިފައިވަނީ މިސްކިތްތަކުން ވައްކަންކުރުން އިތުރުވާ މަހެއްގެ ގޮތުގައެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މިސްކިތްތަކުން ވައްކަން ކުރަނިކޮށް ބައެއް މީހުން ހިފައި ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މިސްކިތްތަކުގެ ހުރުމަތް ކަނޑައި، މިސްކިތްތަކުން ވައްކަންކުރުން އިތުރުވަމުންދާތީވެ، މާލެސިޓީ ކައުންސިލުން ވަނީ ވަރަށް ކުރިންސުރެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހާރުކޮށްފައެވެ. މިސްކިތްތަކުން އާއްމުގޮތެއްގައި ވަގަށް ގެންދާ ތަކެތީގެ ތެރޭގައި ހިމެނެނީ ފަންކާ، ސައުންޑް ސިސްޓަމުގެ އިތުރުން، މިސްކިތްތަކުގެ ފާހާނާގައި ހުންނަ ފެންޕަންޕެވެ.

މިސްކިތްތަކުން ވަގަށް ނަގައިގެން ގެންދާ ތަކެތި ވިއްކަމުންދަނިކޮށްވެސް ފެނިފައި އެބަހުއްޓެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *