logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިފަހަރުގެ ފިތުރު އީދަކީ ބުދަދުވަސް

މިއަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ މާދަމާއަކީ ރަމަޟާންމަހުގެ 30 ވަނަ ދުވަސް ކަމަށާއި އީދު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށެވެ.

ހަނދު ސާބިތުކުރުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ "މާދަމާ، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 09 ވާ އަންގާރަ ދުވަހަކީ 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމުގައްޔާ، މިހިނގާ އޭޕްރިލްމަހުގެ 10 އެއްވާ ބުދަ ދުވަހަކީ، 1445 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ"

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ނުފެންނަ ކަމަށެވެ. ސައުދީންވެސް ވަނީ އީދު ދުވަހަށް ވާނީ ބުދަ ދުވަސްކަމަށް ކަނޑައަޅާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ