logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަމިއްލަ ކުންފުންޏަކުން އެމްއެންޑީއެފަށް މުވާސަލާތީ އާލާތްތަކެއް ހަދިޔާކޮށްފި

އަމިއްލަ ކުންފުންޏަކުން އެމްއެންޑީއެފަށް މުވާސަލާތީ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

އެ ތަކެތި ހަދިޔާކުރީ ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

އެކަމަށްޓަކައި ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން އެ އިކުއިޕްމަންޓްސްއާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަޠީފެވެ.

އެމްއެންޑީއެފުން ބުނީ ޕްރޯލައިންގެ ފަރާތުން އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ