"ރާއްޖޭގެ ޓޫރިޒަމް ރިޕޯޓާ މެދު ވޯލްޑް ބޭންކުން ދެކޭ ގޮތާ އަޅުގަނޑަކަށް އެއްބަހެއް ނުވެވޭ .މީރާގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ރިސޯޓުތަކުގައި މިދިޔަ އަހަރު އެވްރެޖްކޮށް %70 އޮކިއުޕެންސީ ހިފެހެއްޓިއިރު ގެސްޓްހައުސްތަކުން އެވްރެޖްކޮށް %40 ހާސިލްކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ އެއްކަމެއ ރާއްޖެއަށް އަންނަ ބިޒްނަސް ޖެޓްތަކުގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު 1000 އަށް ވުރެ މަދުވުމެވެ. މީގެން ވެސް ދޭހަވަނީ މިއީ ރިސޯޓް މާކެޓިން ސްޓްރެޓެޖީތަކުގައި ހުރި އުނިކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ކަމެއް ކަމަށް އޮންލައިން ޓްރެވަލް އެޖެންސީތަކަށް (އޯޓީއޭ) މާބޮޑަށް ބަރޯސާވުމަކީ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބެލެވެ އެވެ. އިތުރަށް ދަންނަވާނަމަ ރިސޯޓްތަކުން އިސްކަންދޭން ޖެހޭނީ މާކެޓިން އިނިޝިއޭޓިވްސް އިތުރުކުރުމަށެވެ."
ނަޒަރުކުރަންވީ ހަގީގީ ވިސްނުމަކީ މިއީ އެވެ. ރާއްޖޭގެ ލަގްޒަރީ މާކެޓަށް އަމާޒުކޮށްފައިވާ އަގުބޮޑު ރިސޯޓްތައް ކަންނެތްވެ، އޮންލައިން ޓްރެވެލް އެޖެންސީތަކަށް ބަރޯސާވުން މާބޮޑުވީއެވެ. އެހެންކަމުން އަމިއްލައަށް އަމިއްލަ ޕްރޮޑަކްޓް އިސްތިހާރުކޮށް މާކެޓްކުރުމަށް މީގެކުރިން ފޯރިލާފައި ކުރި މަސައްކަތް މިހާރު ނުކުރާތީ ޓޫރިޒަމަށް އަންނަ ނުރަނގަޅު އަސަރުތައް ބޮޑުވަމުން އަންނަ ކަމަށް ބެލެވެއެެވެ.
ދެވަނަ ކަމަކީ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިއުމަކީ ރާއްޖޭގެ އާންމު އިގްތިސާދަށް ސީދާ އަސަރުކުރާނެ ކަމެއްކަން ފާހަގަކުރުމެވެ. ރިސޯޓްތަކާ ޚިލާފަށް ގިން ގެސްޓްހައުސްތަކުން އެމީހުންނަށް ލިބޭ ފައިސާ ދައުރުކުރުވަނީ ރާއްޖޭގެ ބޭންކްތަކުގައެވެ. އެހެންކަމުން އޭގެ ހެޔޮ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ރާއްޖޭގެ އިގްތިސާދަށް ކުރެއެެވެ.
"ހަގީގަތުގައި ރިސޯޓްތަކުން ދިވެއްސަކަށް އެއްވެސް ފައިދާއެއްނުވާ ގޮތަށް ހުރިހާ ކަމެއް ކުރަން ފެށީމާ ދިވެހިންގެ ބައެއްގެ އިސްނެގުމާއި ބުރަ މަސައްކަތުން ގެސްޓްހައުސް ވިޔަފާރި ވައިގަ ހިފާފައި މިވަނީ. މިކަމާ ރިސޯޓްތަކުން މޭކަރާކަށް ނުޖެހޭ. ދުނިޔޭގެ މާލީ އިދާރާތަކުން ކަންބޮޑުވާކަށް ވެސް ނުޖެހޭ. މިހާރުވެސް އަގޯޑާ ފަަދަ އޮންލައިން އެޖެންސީތަކަށް ދޭ ރޭޓުދީފައި،ފެއާ ޕްރެކްޓިސްއަކަށް ގޮއްސުއްޔާ ފޮނިމީރުކަން ލިބޭލެއް ބޮޑުވާނެ. އެކްސްކާޝަންތައް އައުޓް ސޯސްކޮށް ރާއްޖޭގެ އިގްތިސާދުގެ އެހެން ހިއްސާދާރުންނަށް ބައިއެޅޭ ގޮތަށް ހަދާލަބަލަ އޭރުން އާންމު އެތައް ބަޔަކު ކުރިއަރާދާނެ. މިހާރު ހުރިހާ ކަމެއް އެރިސޯޓަކުންކުރާ ގޮތަށް މިއޮންނަނީ އެއީ އޮންލައިން ޓްރެވެލް އެޖެންޓުންނަށް އަގުހެޔޮކޮށް ރޫމާއި ޚިދުމަތްތައް ވިއްކާފަ އެކަން ފޫބައްދަން ކުރާކަމެއް. މިއީ ގެސްޓް ހައުސްތަކާ ގުޅުން ހުރި ކަމެއް ނޫން،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.