logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވީއައިއޭގައި މާރާމާރީ ހިންގި މީހާ 10،800 ރުފިޔާއިން ޖޫރިމަނާކޮށްފި

ވެލާނާ އިނޓަރނޭޝަނަލް އެއާޕޯޓްގައި މާރާމާރީ ހިންގި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް 10،800 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހަޑަޑް ވިސާމް މާރާމާރީ ހިންގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ އޭރިއާގައެވެ. މި މާރާމާރީ ހިންގާފައިވަނީ އެއާޕޯޓްގައި މަސައްކަތްކުރާ ދެ މުއައްޒަފަކާއެވެ.

ކުރިމިނަލް ކޯޓަށް ހުށަހެޅުނު މި މައްސަލާގައި ހަޑަޑްގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މީހަކަށް އަނިޔާއެއް ދިނުމުގެ ދައުވާގެ އިތުރުން މީހެއްގެ ގައިގައި އަތްލުމުގެ ދައުވާއެވެ. މިގޮތުން ގާގައި އަތްލުމުގެ އަދަބެއްގެ ގޮތުން ހަޑަޑް 3،600 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މީހަކަށް އަނިޔާއެއް ދިނުމުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ 7،200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި ހަޑަޑް ވަނީ ޖޫރިމަނާ އަދުބުތަކަށް އިއުތިރާފް ވެފައެވެ. ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ވަނީ މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކައި ހަލާށްކުރުމަށް އަމުރުކޮށްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ