logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ރައީސް މުއިއްޒު ހައްޖު ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވަައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަރަކާތްތެރި ހައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފިއެވެ.

މީސް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސް މެދުވެރިކުރައްވައި، ރައީސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމަށެވެ.

"ﷲ ގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރައްވާށިއެވެ،". ރައީސް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 1،150 ފަރާތަކުންނެވެ. މީގެ ތެރެެއިން 50 ފަރާތަކީ ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހައްޖަށް ދިޔަ މީހުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ