logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބަކާގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ގައުމީޓީމުގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ހަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަކާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ބަކާ ނިޔާވީ ހާލު ސީރިއަސްވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ކުއްލި ގޮތަކަށް ބަކާ އޭޑީކޭގައި އެޑްމިޓްކުރީ ނޭވާލާން އުނދަގޫވެގެންނެވެ. ފަހުން ޓެސްޓްތައް ހެދިއިރު، ލޭގައި އިންފެކްޝަން ހުރިކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބަކާގެ އާއިލާއިން ވަނީ ބުނެފައެވެ.

ބަކާ ނިޔާވި ހަބަރާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދޅުވެ ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

މީގެ އިތުރަަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބަކާ ނިޔާވުމުގެ ފުން ހިތާމައިގައި ބައިވެރިވާކަމަށާއި، އޭނާގެ އައިލާއަށް ކެތްތެރިކަން ދެންވުން އެދޭކަމާށެވެ. އަދި މަރުހޫމްއަށް ސުވަރޫގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަހުލާގު ރަނގަޅު އަދި ދަނޑުމަތީގައި ލީޑަރެކެވެ. ބަކާގެ ހިއްސާއާއެކު ރާއްޖޭގެ ގައުމީޓީމް ވަނީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ