logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުރީގެ ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް،އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މުއުމިނާ ހުސައިންފުޅު އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މުއުމިނާ ކުރިން ދިރިއުޅުއްވީ ސްރީ ލަންކާގައެވެ. ރާއްޖެ އެނބުރި ވަޑައިގަތީ އިބޫގެ ވެރިކަމުގެ ކުރީކޮޅެވެ.

މުއުމިނާ އަކީ އިބޫގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ސެކްރެޓަރީކަން ވެސް ކުރެއްވި ފާތުމަތު ސޯލިހުގެ ވެސް މަންމާފުޅެވެ.

އޭނާގެ ޖުމްލަ ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރޭގައި ގުރުއާން ހިތުދަސް ތިން ހާޒިފުން ވެސް ހިމެނެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ވަނީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި އެމަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ