logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފުލުހުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ ވަޒީފާ އިއުލާންކޮށްފައިވާ މަގާމުތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3 ގެ އިތުރުން ސީނިއާ ސާޖަންޓް ގްރޭޑް 1 އާއި 2 ހިމެނެއެވެ.

މި މަގާމުތަކުގެ އަސާސީ މުސާރަ އަކީ 15،500-26،500ރ. އާ ދެމެދު ކަމަށްވާއިރު، ފުލުހުން މި މަގާމުތަކަށް ހޯދަން އިއުލާންކުރީ އުމުރުން 18-39 އަހަރާ ދެމެދުގެ މީހުންނެވެ.

އެގޮތުން، ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 ދުވަހުގެ ހަވީރު 16:00 ގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމް ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ލިބޭނެއެވެ. އަދި ފޯމް ހުށަހަޅަންޖެހޭނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށެވެ.

 

ވަޒީފާތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމުގައި އެފަރާތެއްގެ ނަމުގައި ހެދިފައިވާ އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި މަސައްކަތްކުރުމަށް ޝައުގެވެރިވާ ތަން ފޯމްގައި ފުރިހަމަކޮށްފައި އޮންނަންވާނެއެވެ.)،
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
  • ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،
  • ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،
  • އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،
  • ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ފުލުހުން ބުނީ މި މަގާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *