logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އދ. ހަންޏާމީދޫ ރޯޝަނީ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ

2024 އޯގަސްޓް 09 ވަނަ ދުވަހުގެ ރޭ ދަންވަރު އދ. ހަންޏާމީދޫ ރޝަނީ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޙާލުގައިޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންގެންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނި ގޮތުގައި އެ ހާދިސާގައި ހާލުގައި ޖެހުނުފަރާތްކަށް އދ.ހަންޏާމީދޫ ކައުންސިލާ ގުޅިގެން ބޯހިޔާވަހިކަމާއި ކެއިންބުއިމާ، އަންނައުނު ދަނީ ފޯރުކޮށްދެމުންނެވެ.

އަލިފާނުގެ ޙާދިސާ ހިނގިއިރު އެގޭގައި ދިރިއުޅެމުން ގޮސްފައިވަނީ 40 އަހަރުގެ ފިރިހެނެއް އެކަނިކަމަށާއި، އަލިފާނުގެ ހާދިސާގައި އެ އެއްކޮށްނީ އަނދައި މީހުން ދިރިނޫޅެވޭވަރަށް ހަލާކުވެފައިކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ