logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024

ކޮމިއުނިސްޓް ޕާޓީގެ ދަޢުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް

ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ގެ ދަޢުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

ޕީއެންސީ އިން ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށް ޗައިނާ އަށް ކުރާ އެ ދަތުރަކީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ ގެ ދައވަތަކަށް އެޕާޓީން ކުރާ ދަތުރެކެވެ. އެ ދަތުރުގައި އިސްކޮށް ހުންނެވީ ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން އެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގިތުގައި އެ ދަތުރުގެ ބައިވެރިން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް އެ ދަތުރުގައި ޕީއެންސީ ގެ ވަފްދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށާއި، އަދި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ބައިވެރިވުމަށްވެސް ހަމަޖެހިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން ޗައިނާގެ އެކި ސިޓީތަކަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ކޮމިއުނިސްޓް ޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެކަމަށް ހާމަކޮށްފައިވެއެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *