logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024

ޕަޕުއާގެ ހަނގުރާމަވެރިންގެ ރަހީނުކުރި ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފި

ޕަޕުއާގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށަށް ގެންދިޔަ ނިއުޒީލެންޑްގެ ޕައިލެޓް ފިލިޕް މެހެޓެންސް 19 މަހަށްފަހު މިނިވަންކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ކެޕްޓަން ފިލިޕް މެހެޓެންސް ބޯޓް އެމީހުން އުޅޭ ހިސާބަކަށް ޖެއްސުމާގުޅިގެން އެބޯޓަށް އިންޑޮނޭޝިއާގެ ވެސްޓް ޕަޕުއާ ލިބަރޭޝަން އާމީ ނަމަކަށް ކިޔާ ހަނގުރާމަވެރިން އޭނާ ރަހީނުކޮށްްފައިވަނީ އިންޑޮނޭޝިއާގެ ކިބައިން މިނިވަންކަމުގެ ވާހަކަތައް ދައްކަން މަޖުބޫރު ކުރުވުމުގެ ބޭނުމުގައި ކަމަށް އިންޑޮނޭޝިއާއިން ބުނެފައިވެއެވެ.

ކެޕްޓަން ޕިލިފް ހަގުރާމަވެރިން ރަހީނުކޮށްފައިވަނީ ފަޕްއާގެ ދުރުސަރަހައްދެއްކަމަށްވާ އެންޑޫގާ ޑިސްޓްރިކްޓްގައި ސިއްހީ މަރުކަޒެއް ހެދުމަށްޓަކއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ 15 މީހުން ގޮވައިގެން އެހިސާބަށް ދިއުމުންނެވެ. ފަސިންޖަރުން ދޫކޮށްލީ އެމީހުންނަކީ ޕަޕުއާގެ މީހުން ކަމަށް ވާތީ ކަމަށް ހަނގުރާމަވެރިންގެ ތަރުޖަމާނު ސެބީ ސަމްބޮމް އޭރު ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *