logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕާޓީން ވަކިވުމަށާއި ކުރިން އޮތް ޕާޓީއަށް ބަދަލުވުމަށް އޮންލައިންކޮށް އިލެކްޝަންސް އަށް ހުށހެޅޭގޮތައް ސިޔާސީ ޕާޓީ ތަކުގެ ޤަވާއިދަށް ބަދަލުގެނެސްފި

ސިޔާސީ ޕާޓީތަކުން ވަކި ވުމަށާއި އޮޅުވާލައިގެން ޕާޓީ ބަދަލުކޮށްފައިވާ ފަރާތްތަކުން ޕާޓިން ވަކިވުމަށާއި، ކުރިން އޮތް ޕާޓީއަށް ބަދަލުވުމަށް އެދި އޮންލައިކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެލޭގޮތަށް ސިޔާސީ ޕާޓީ ތަކުގެ ޤަވާއިދަށް 9 ވަނަ އިސްލާހު ގެނެސްފިއެވެ.

ސިޔާސީ ޕާޓީ ތަކުން ވަކިވުމަށް އިލެކްޝަސް ކޮމިޝަނަށް ކުރިން ހުށަހަޅަން އޮންނަ ގޮތްކަމަށްވާ  ފޯމު ހުށަހެޅުމުގެ ބަދަލުގައި އޮންލައިން ޕޯޓަލް މެދުވެރިިކޮށް ވެސް ހުށަހެޅޭ ގޮތަށް ވަނީ އެ ބަދަލުގައި ހިމަނާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ކުރިން އޮތް ގޮތުން ޕާޓީއަކުން ވަކިވާ ނަމަ ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ފޯމެކެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ގެޒެޓް ކުރި އިސްލާހުގައި ވާގޮތުން އެ ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން އެކަން ފުރިހަމަކުރެވޭނެއެވެ.

ގެނެވުނު ބަދަލާއެކު 19 ވަނަ މާއްދާގެ (ހ) ގައި އޮތީ ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެނަމަ، ލަސްވެގެން 14 ދުވަހުގެ ތެރޭގައި އެ މީހަކު ޕާޓިން ވަކިކޮށްދޭންވާނެކަމަށާއި، އަދި ޕާޓީއަށް ހުށަހަޅައިގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އޭނާގެ ނަން، ޕާޓީގެ ދަފްތަރުން އުނިކޮށްދޭންވާނެ ކަމަށާއި، އަދި ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަޤާމަކަށް ކުރިމަތިލުމަށް ނުވަތަ އެމީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން، ޕާޓީން ވަގުތުން ވަކިވާންއެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފްތަރުން ވަގުތުން އުނިކޮށްދޭންވެސް ވާނެކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިއޮތީ ކުރިންހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ، ކުރީގައިއޮތް ޕާޓީއަށް ބަދަލުވުމަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާނިޒާމުގެ ތެރެއިން ހުށަހެޅުމުނ، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށް، ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫޢަކޮށްދޭންވާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *