logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ބޮލީވްޑްގެ މަޝްހޫރު ބަތަލާ އުރުމިލާ ވަރިވާން ހުށަހަޅައިފި

ރަންގީލާ، ޕިންޖާރު، ބޫތު، ޖުދާއީ ފަދަ ފިލްމުތައް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އުރްމިލާ މާޓޮންޑްކަރް ކައިވެންޏަށް އަށް އަހަރު ފަހުން ފިރިމީހާ މުހުސިން އަޚްތަރު މީރު ގާތުން ވަރިވާން ހުށަހަޅައިފި އެވެ.

އުރުމީލާ ފިރިމީހާގާތުން ވަރިވާން ހުށަހަޅާފައިވާ ސަބަބު ނޭނގުނު ނަމަވެސް އޭނާގެ ފިރިމީހާ މުހުސިން އަޚްތަރު މީރު ވަރިކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެ ދެމަފިރިން އެކުގައި އުޅޭތާ އަށް އަހަރު ވެފައިވާއިރު، ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް އަބަދުވެސް އެއްބާރުލުން ދީ، އެ މީހުންގެ ދިރިއުޅުމުގެ ހާއްސަ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއެވެ.

އިންޑިއަން އެކްޕްރެސް އިން ބުނެފައިވާ ގޮތުގައި އޭނާ ވަރިވާން ހުށަހެޅީ މުމްބާއީގެ ބަންދްރާގަ މީގެ 4 މަސްކުރިންނެވެ.

އުރްމިލާ އާއި މުހްސިން ކައިވެނިކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭރު އެ ކައިވެނީގެ ޚަބަރުތައް ފެތުރުނީ ދެ ސަބަބަކާ ހުރެ – ފުރަތަމަ ކަމަކީ އެއީ އިންޓަ ފެއިތު ކައިވެންޏެއް ކަމަށާއި ދެވަނަ ކަމަކީ އުރްމިލާ އާއި މުހްސިންގެ އުމުރުގެ 10 އަހަރުގެ ފަރަގެއް އޮތުމެވެ. އުރުމިލާ އަކީ މުހްސިނަށް ވުރެ ދޮށީ މީހެކެވެ.

މުހްސިން އަޚްތަރު މީރަކީ ކަޝްމީރުގެ ކާމިޔާބު ވިޔަފާރިވެރިއެއް އަދި މޮޑެލްއެކެވެ. މުހްސިން އާއި އުރްމިލާ އެންމެ ފުރަތަމަ ބައްދަލުވީ 2014 ވަނަ އަހަރު ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ދައްތަގެ ކައިވެނީގެ ހަފުލާގަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަނީޝް މަލްހޯތުރާ އަކީ 2016 ވަނަ އަހަރުގެ ކައިވެންޏަށް ދައުވަތު ލިބުނު މުނިފޫހިފިލުވުމުގެ ދާއިރާގެ މަދު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އުރްމިލާ އާއި މުހްސިން ވަނީ އަމްރިތުސަރުގެ ގޯލްޑަން ޓެމްޕަލް އަށް ޒިޔާރަތް ކޮށް، އޭގެ ފަހުން ނިކާހު އެއް ބާއްވައިފަ އެވެ.

މުހްސިން އަޚްތަރު މީރަކީ ވިޔަފާރީގައި ކާމިޔާބު ފަރާތެކެވެ. ބޮލީވުޑްފިލްމު ކުޅުމުގެ ޝައުގުވެރިކަމައި އޭނާ ކަޝްމީރުން މުމްބާއީއަށް ބަދަލުވީ އުމުރުން އެންމެ 21 އަހަރުގަ އެވެ. "އިޓްސް އަ މޭންސް ވޯލްޑް" (2009) އިން ބޮލީވުޑަށް ތައާރަފުވި އޭނާ ވަނީ އޭގެ ފަހުން ލަކް ބައި ޗާންސް (2009) އާއި މުމްބާއީ މަސްތު ކަލަންޑާ (2011) އަދި ބީއޭ ޕާސް (2012) ފަދަ ފިލްމުތައް ކުޅެފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *