logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރ މުޙައްމަދު ސާއިފް ގެއްލިގެން ހޯދަނީ

ހއ. ހޯރަފުށި، ހިރާ،  30 އަހަރުގެ މުހައްމަދު ސާއިފް، ހަބަރެއް ނުވެގެން ގެއްލިފައިވާކަމަށް ރިޕޯޓް ކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައި އޭނާ ހޯދުމުގައި ޢާއްމުންގެ އެހީތެރިކަމަށް މިއަދުވަނީ އެދިފައެވެ.

ފުލުހުން ބުނެފައިވަނީ އެއްމެފަހުން ސާއިފް ފެނިފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ މިމަހުގެ 24 ވަނަދުވަހުގެ ރޭ 9 ޖާ ކަންހާއިރު ހުޅުމާލެ ފޭސް 3 އިން ކަމަށާއި، އޭރު އޭނާ ލައިގެންހުރީ މަދުފެހި ކުލައިގެ އަތްދިގު ގަމީހަކާއި ޖިންސް އެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެހެންކަމުން މުޙައްމަދު ސާއިފް އާއި ގުޅޭ އެއްވެސް މައުލޫމާތެެއް އިނގޭ ފަރާތަކުން ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *