logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

އދ ގެ ވީޓޯ ކުރުމުގެ ބާރު އުވައިލަން ރައީސް ޑރ.މުއިއްޒު ގޮވާލައްވައިފި

ހދ ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ލިބިދީފައިވާ ވީޓޯކުރުމުގެ ބާރު އުވައިލަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އދ ގެ އާއްމު ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި އެމަނިކުފާނު ދެއްވި ތަގުރީރް ގައި ގޮވާލެއްވީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާޙުތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސުލްޙަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ޙަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާޤާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ އެ މަޖިލިސް ތަމްސީލުކުރާ ގައުމުތަކުން ހަމަހަމަކަމާއެކު ކަންކަން ނުކުރުމާއި، ޖަވާބުދާރީވުމާއި، ކަންކަން ނިންމުމުގައި ދެފުށްފެންނަ ގޮތަށް މަސައްކަތްކުުމަށް ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަލާމަތީ މަޖިލީހުގައި ދެއްވި ތަގުރީރުގައި ވަނީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާޙު ގެނައުމަށް އިންޓަރގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފައެވެ. އެގޮތުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ޚާއްސަ ޖާގައެއް ދިނުމަށް އެމަނިކުފާނުވަނީ ހުށަހަޅުއްވާފައެވެ.
އެމަނިކުފާނުގެ ތަގްރީރުގައި ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންދާއިރު ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށާއި، ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ޤަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *