logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ޕީއެސްއެމްގެ ފައިނޭންސް ޑައިރެކްޓަރު ހިންގި ބޮޑު ހިޔާނާތް

ޕީއެސްއެމް އިން ޑޮލަރު މާރުކުރުމަށާއި އާމްދަނީން އަދި ތިޖޫރީން ނުވަ މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ކުންފުނިން ގެއްލިފައި ވަނީ 2020 އިން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެކައުންޓަށް ޖަަމާކޮށްފައިވާ 4.6 މިލިއަން ރުފިޔާ އާއި 2017 އިން 2024 ވަނަ އަހަރުގެ އޭޕްރީލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ހުރި 190،000ރ. ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 373،988 ޑޮލަރު ގަތުމަށް 5.8 މިލިއަން ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން 80 ޕަސެންޓު ފީއެސްއެމަށް ނުލިބޭ ކަމަށް ބުނެފައިވެ އެވެ. ޕީއެސްއެމަށް ލިބުނީ އެ ރުފިޔާއަށްވާ ޑޮލަރުގެ ތެރެއިން އެންމެ 76،731 ޑޮލަރު އެކަންޏެވެ. ބާކީ 297،257 ޑޮލަރު އެ ކުންފުންޏަށް ވަދެފައިވާކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކުގެ ތެރެއިން 4.5 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ޗެކް މެދުވެރިކޮށެވެ. އޭގެ ތެރެއިން 968،580ރ. އާ ހަވާލުވެ، ސޮއިކޮށްފައި އޮތީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑައިރެކްޓަރެވެ.

އޭރު އެ މަގާމުގައި ހުރީ އަހްމަދު ހަނީފެވެ. މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު އޭނާ ސަސްޕެންޑް ކުރުމަށް ފަހު، މެއި މަހު ވަނީ އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ. އަދި ޕީއެސްއެމް އިން ވަނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ޕީއެސްއެމްގެ އޮޑިޓް ރިޕޯޓް ގައި ފާހަގަކޮށްފައިވާ ގޮތުން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރ ގެ އަމިއްލަ އެކައުންޓަށާއި ދަރިއެއްގެ އެކައުންޓަށް ޑޮލަރު ގަތުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އެގޮތުން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރ ގެ ދަރިއެއްގެ އެކައުންޓަށް 1,164,068 ރުފިޔާ، ކުރީގެ ފައިނޭންސް ޑިރެކްޓަރ ގެ އެކައުންޓަށް 29,465 ރުފިޔާ އަކާއި 15,095 ރުފިޔާ އަދި ޕީއެސްއެމްގެ 2 މުވައްޒަފެއްގެ އެކައުންޓަށް 38,550 ރުފިޔާ އަކާއި 37,300 ރުފިޔާ ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އޮޑިޓުގައިވާ ގޮތުން ޑޮލަރު ގަތުމަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގައިފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާ އަށްވާ 297,257 ޑޮލަރު ޕީއެސްއެމަށް ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ 10 ބިލަކަށް ފައިސާ ދެއްކުމުގެ ނަމުގައި 1 ފަހަރަށްވުރެ ގިނަ ފަހަރު އެބިލްތަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމުގެ ނަމުގައި ޖުމްލަ 254,152 ރުފިޔާ ނަގާފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އަދި އިތުރު 4 ފަރާތެއްގެ 11 ބިލަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމުގެ ނަމުގައި ތަކުރާރުކޮށް އެކިފަހަރުމަތިން 1,146,153 ރުފިޔާ ނަގާފައިވާކަމަވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި އޭގެ ތެރެއިން 3 ބިލަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް 23،300 ރުފިޔާ ނެގުމަށްފަހު، އެވަގުތު ޕީއެސްއެމްގެ ބޭންކު އެކައުންޓްގައި ގައި ހުރި ޑޮލަރުން އެ ބިލްތަކަށްވާ 15000 ޑޮލަރު ދައްކާފައިވާކަންވެސް ފާހަގަކޮފައިވެއެވެ.

މީގެ އިތުރުންވެސް ޕީއެސްއެމް އަށް ލިބޭ އާމްދަނީ ސްލިޕް ނުވަތަ ބިލް ނުހަދައި ނަގާފައިވާކަމަށާއި އާމްދަނީ ގެ ގޮތުގައި ލިބޭ ފައިސާ ތަފްސީލް ރަނގަޅަށް ބެލޭނެ ގޮތަށް އެކަންވެސް ކޮސްފައި ނުވާކަމާއި މި ނޫންވެސް ގިނަ ކަންކަން އޮޑިޓް ރިޕޯޓް ގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *