logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަނީ/ ފޮޓޯ: ޕޮލިސް

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށް ބަންދު ޖަހައިފި

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަނަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ ގ. ޕާކަރުހައުސް އަބްދުالله ޖިނާހު، 28، އާއި މ. ރޫބީ ހުސައިން ނިޔާޒު، 35، އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައި ބުނީ އެ ދެ މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

އެ ދެ މީހުންގެ ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތް އޮތް ކަމަށް ދެކޭ ސަބަބެއް ކަމަށް އެ އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި ރެކޯޑް ހިމެނޭތީ އާއި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުކުރެވޭތީ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *