މިނިސްޓަރީތަކުގައި މިހާރުވެސް 1249 ސިޔާސީ މީހުން އެބަތިބި ކަމަށް ރައީސް އޮފީސް ހިމެނޭ ގޮތަށް 16 އިދާރާއަކުން އާންމު ކުރެއްވި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
ދުވަހު ނޫސް "މިހާރު" އިން ސިޔާސީ މަގާމްތަކުގެ އަދަދު ހޯދަން އެދުމުން ނުވަނީ ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީ ފިޔަވައި އެހެން ވުޒާރާތަކުން މައުލޫމާތު ދީފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ އެ އޮފީހުގެ މުވައްޒަފުން ވެސް ހިމަނައިގެން ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ވުޒާރާތަކުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 1،249 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ.
މައުލޫމާތުތަކަށް ބަލާއިރު ސިޔާސީ މަގާމުތައް އެންމެ ގިނައީ ސްޕޯޓްސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގައެވެ. އެއިން ކޮންމެ މިނިސްޓްރީއެއްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 200އަށްވުރެ ގިނައެވެ.
ވުޒާރާތަކުގައި ސިޔާސީ މަގާމުތައް ހުރިގޮތް
ފިނޭންސް މިނިސްޓްރީ – 14
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ – 67
ޓޫރިޒަމް މިނިސްޓްރީ – 32
އެޑިއުކޭޝަން މިނިސްޓްރީ – 34
އެންވަޔަރަންމަންޓް މިނިސްޓްރީ – 51
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ – 30
ފިޝަރީޒް މިނިސްޓްރީ – 43
އިކޮނޮމިކް މިނިސްޓްރީ – 37
ހެލްތު މިނިސްޓްރީ – 218
ސްޕޯޓްސް މިނިސްޓްރީ – 205
އިސްލާމިކް މިނިސްޓްރީ – 37
ހޯމް ލޭންޑް މިނިސްޓްރީ – 54
ޑިފެންސް މިނިސްޓްރީ – 4
ކޮންސްޓްރަކްޝަން މިނިސްޓްރީ – 43
އެގްރިކަލްޗާ މިނިސްޓްރީ – 35
ރައީސް އޮފީސް – 345