logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ތިމާވެއްޓަށް ގެއްލުން ލިބިގެންކުރާ ޖޫރިމަނާ ފައިސާ ނުހޯދޭތީ އޭޖީ ކޮމިޓީއަށް ހާޒިރުކުރަނީ

ތިމާވެއްޓާ ގެއްލުން ލިބޭފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި ބެހޭ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ކޮމިޓީގެ މުގައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ޖޫރިމަނާގެ ފައިސާތައް ނުލިބޭ މައްސަލަ ހައްލު ކުރުމަށް އެ ކޮމިޓިން އިސްނަގައިގެން އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ވާހަކަތަކުން މި މައްސަލައިގައި އެޓާނީ ޖެނެރަލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައިވެސް ވަރަށް ގިނަ މައްސަލަތަކެއް މަޑުޖެހިފައިވާކަން ލިބިފައިވާ މައުލޫމާތުތަކުން ފާހަގަވާކަމަށް ރިފާއު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ އެޓާނީ ޖެނެރަލް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުއްވުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ވަނީ ތާއިދު ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މިކަމާ ގުޅިގެން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ އެޓާނީ ޖެނެރަލް ކޮމިޓީއަށް ހާޒިރު ކުރުމަށް ފާސްކޮށްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *